Call for Papers – Dhivehi


                     ދިރާސާ ކުރުދާހަށް ހުޅުވައިލުން                     

ތެވެލި 2017

“އިންޓަނޭޝަނަލް ކޮންފަރެންސް އޮން މަލްޓިޑިސިޕްލިނަރީ ރިސަރޗް ޓްވަޑްސް އަ ސަސްޓެއިނަބްލް ސޮސައިޓީ”

2 – 3 އޮކްޓޯބަރު 2017

މާލެ، ދިވެހިރާއްޖެ

Call for papers – Dhivehi

 ވެބްސައިޓް: http://rc.mnu.edu.mv/theveli/

އީމެއިލް އެޑްރެސް:  theveli@mnu.edu.mv

“އިންޓަރނޭޝަނަލް ކޮންފަރެންސް “ތެވެލި 2017” ( 2 އޮކްޓޯބަރުން 3 އޮކްޓޯބަރު 2017ށް) އޮންނަކަން އިޢުލާނު ކުރަމެވެ. “ތެވެލި” މީއި ތަފާތު ގިނަ ދާއިރާތަކުގެ ރިސާރޗު ކޮންފަރެންސެކެވެ. މި އަހަރުގެ ތީމަކީ، “” (ދެމެހެއްޓެނިވި މުޖުތަމަޢަކަށް ދިއުމަށް) މިއެވެ.

“ތެވެލި” މި ލަފުޒުގެ މާނައަކީ، “އިރުހަނދު އަރައިގެން އަންނަ އިރު، ނުވަތަ އޮއްސެން ދާ އިރު، އުދަރެހުން ފެށިގެން ރިހިކުލައިގެ ނުވަތަ ރަން ކުލައިގެ ދޫލައެއް ހެން ފެންގަނޑު މަތީގައި ފެތުރިފައި އޮންނަ އަލި” މިއެވެ. އަޅުގަނުމެން “ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީ” އަކީ މި ޤައުމާށާއި އަވައްޓެރި ގައުމުތަކަށާއި މުޅި ދުނިޔެއަށް ވެސް ޢިލުމުގެ ތެވެލި ފަތުރައިދޭ މަންސައެކެވެ. އަޅުގަނޑުމެންގެ މަޤުޞަދަކީ، ދުނިޔޭގެ އެންމެ ފުރިހަމަ ސިކުނޑިތައް އެއްތަންކޮށް، އެ ސިކުނޑިތަކުގައިވާ އަގުނުކުރެވޭ ފަދަ މަޢުލޫމާތު މި ކޮންފަރެންސްގެ އެހީގައި ފޯރުކޮށްދިނުމެވެ.

މި އަހަރުގެ އަހަރީ ކޮންފަރެންސްގައި ތިޔަ ބޭފުޅުންގެ އެއްބާރުލެއްވުމާއި ބައިވެރިވެވަޑައިގަތުމަށް އަޅުގަނޑުމެން އުންމީދުކުރަމެވެ. ތިޔަ ބޭފުޅުންގެ ރަހުމަތްތެރިންނާ، އެކުގައި މަސައްކަތްކުރައްވާ ބޭފުޅުންނާ، ދަރިވަރުންނާ، މި މަޢުލޫމާތު ޙިއްޞާކުރައްވައި “ތެވެލި 2017″ގައި ބައިވެރިވަޑައިގެން، ދިރާސާ ކަރުދާސް ހުށަހެޅުއްވަމަށް ހިތްވަރުދެއްވުމަކީ މި ފުރުސަތުގައި އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ ކަމެކެވެ.

ކޮންފަރެންސްގެ މައިގަނޑު ތީމުތައް

ތަޢުލީމު، ވަޒީފާ އަދި ފުދުންތެރިވުން

ޞިއްޙަތު، ނިއުޓްރިޝަން އަދި އިޖުތިމާޢީ މަސައްކަތް

ސިޔާސީ ޢިލްމު، ސިޔާސަތު، ޤާނޫނު އަދި ޤާނޫނު ހިންގުން

ވިޔަފާރި، ހިންގުން، މާލިއްޔަތު އަދި ކުންފުނި ހިންގުން

ފަތުރުވެރިކަމާއި މެހެމާންދާރީ

ސައެންސް، ތިމާވެށި އަދި ޓެކްނޮލޮޖީ

ބަސް، މީޑިޔާ އަދި މުއާޞަލާތު

ދީން، ފަންނުވެރިކަމާއި ސަގާފަތް

އެހެނިހެން

މުހިންމު ތާރީޚު

އެބްސްޓްރެކްޓް ހުށަހަޅުން: 16 ޖުލައި

އެބްސްޓްރެކްޓް ފާސްކުރުމާއި ހޮވުން: 24 ޖުލައި

އަރލީ ބަރޑް ރަޖިސްޓްރޭޝަން: 14 އޯގަސްޓް

ފުރަތަމަ ކަރުދާސް ހުށަހެޅުން: 24 އޯގަސްޓް

އެބްސްޓްރެކްޓް ޤަބޫލުކުރުން/ ފީޑްބެކް ދިނުން: 3 ސެޕްޓެމްބަރ

ފައިނަލް ހުށަހެޅުން/ ކެމެރާ ރެޑީ: 13 ސެޕްޓެމްބަރ

ރަޖިސްޓްރީކުރުން: 1 އޯގަސްޓް

ކޮންފަރެންސް ފެށުން: 2-3 އޮކުޓޫބަރ

ބޭނުންކުރާނެ ބަސް: ޚުލާޞާއާއި މުޅި ދިރާސާ ކަރުދާސް ވެސް، އިނގިރޭސިން ނުވަތަ ދިވެހިން ނުވަތަ ޢަރަބިން ހުށަހެޅިދާނެއެވެ.

އެބްސްޓްރެކްޓް (ޚުލާޞާ) ހުށަހަޅަންވީ ގޮތް: ތިރީގައވާ ސައިޓް ބައްލަވާ

ދިރާސާ ކަރުދާސް ހުށަހަޅަންވީ ގޮތް: ތިރީގައވާ ސައިޓް ބައްލަވާ

ޚުލާޞާއާއި ދިރާސާ ކަރުދާސް ޝާއިޢުކުރުން: ކޮންފަރެންސަށް ބަލައިގަންނަ ޚުލާޞާތައް ކޮންފަރެންސްގެ ލިޔުމުގެ ގޮތުގައި ޝާއިޢުކުރެވޭނެއެވެ. ކޮންފަރެންސްގައި ހުށަހަޅާނީ މުޅި ކަރުދާހަށް ހަދާފައިވާ ޕްރެޒެންޓޭޝަނެކެވެ. (ހުށަހެޅުމެކެވެ.) މި ކޮންފަރެންސްގައި ހުށަހަޅާ ހުރިހާ ކަރުދާހެއް ރިވިއުކުރުމަށް ފަހު މޯލްޑިވްސް ނެޝަނަލް ޖަރނަލް އޮފް ރިސަރޗް ގައި ޝާއިޢުކުރުމުގެ ފުރަޞަތު ވަނީ ހުޅުވިފައެވެ. ވީމާ، ޝާއިޢުކުރަން ބޭނުފުޅު ނަމަ، ހުށަހަޅުއްވާ އިރު، އެކަން ބަޔާންކުރެއްވުން އެދެމެވެ.

ކޮންފަރެންސްގައި ކަރުދާސް ހުށަހަޅުއްވާ ބޭފުޅުންނަށް ބައިވެރިވުމުގެ ފީއެއް ނޯންނާނެއެވެ.

ރެޖިސްޓްރީކުރުމުގެ ފީ

8 ސެޕްޓެންބަރުގެ ކުރިން ރަޖިސްޓްރީ ކުރާ ނަމަ: -/300ރ

އާންމު ރަޖިސްޓްރީކުރުން: -/400ރ

ދަރިވަރުން: -/200ރ

ރަޖިސްޓްރީކުރުމުގެ ފީ ގައި ހިމެނޭ ބައިތައް

ފެށުމުގެ  ރަސްމިއްޔާތު ގެ ދަޢުވަތު

ހުރިހައި ހުށަހެޅުން ތަކެއް ގައި ބައިވެރި ވުމުގެ ދަޢުވަތު

ކޮންފަރެންސް މެޓީރިއަލް

ކޮންފަރެންސް ޕޮރޮގުރާމް އަދި އެބްސްޓްރެކްޓް ފޮތް

މެންދުރުގެ ފަރިއްކޮޅު އަދި ސައި ފޮދު