Call for papers Dhivehi – 2018


  Theveli Logo

ތެވެލި 2018

“އިންޓަނޭޝަނަލް ކޮންފަރެންސް އޮން މަލްޓިޑިސިޕްލިނަރީ ރިސަރޗް”

 “ނިޔު ހޮރައިޒަންސް އިން ހަޔަރ އެޑިޔުކޭޝަން: ސިނާޖީސް، އިނޮވޭޝަން އެންޑް ދެވެލޮޕްމެންޓް”

12- 13 އޮގަސްޓް 2018

މާލެ، ދިވެހިރާއްޖެ

Theveli Conference Call dhivehi 2018

ދިރާސާ ކުރުދާހަށް ހުޅުވައިލުން

ތެވެލި 2018

“އިންޓަނޭޝަނަލް ކޮންފަރެންސް އޮން މަލްޓިޑިސިޕްލިނަރީ ރިސަރޗް”

 “ނިޔު ހޮރައިޒަންސް އިން ހަޔަރ އެޑިޔުކޭޝަން: ސިނާޖީސް، އިނޮވޭޝަން އެންޑް ދެވެލޮޕްމެންޓް”

12- 13 އޮގަސްޓް 2018

މާލެ، ދިވެހިރާއްޖެ

http://rc.mnu.edu.mv/theveli/ :ވެބްސައިޓް

theveli@mnu.edu.mv :އީމެއިލް އެޑްރެސް

“އިންޓަރނޭޝަނަލް ކޮންފަރެންސް “ތެވެލި 2018” ( 12 އޮގަސްޓުން 13 އޮގަސްޓް 2018ށް) އޮންނަކަން އިޢުލާނު ކުރަމެވެ. “ތެވެލި” މީއި ތަފާތު ގިނަ ދާއިރާތަކުގެ ރިސާރޗު ކޮންފަރެންސެކެވެ. މި އަހަރުގެ ތީމަކީ، ” (“ނިޔު ހޮރައިޒަންސް އިން ހަޔަރ އެޑިޔުކޭޝަން: ސިނާޖީސް، އިނޮވޭޝަން އެންޑް ދެވެލޮޕްމެންޓް”  މިއެވެ.

“ތެވެލި” މި ލަފުޒުގެ މާނައަކީ، “އިރުހަނދު އަރައިގެން އަންނަ އިރު، ނުވަތަ އޮއްސެން ދާ އިރު، އުދަރެހުން ފެށިގެން ރިހިކުލައިގެ ނުވަތަ ރަން ކުލައިގެ ދޫލައެއް ހެން ފެންގަނޑު މަތީގައި ފެތުރިފައި އޮންނަ އަލި” މިއެވެ. އަޅުގަނުމެން “ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީ” އަކީ މި ޤައުމާށާއި އަވައްޓެރި ގައުމުތަކަށާއި މުޅި ދުނިޔެއަށް ވެސް ޢިލުމުގެ ތެވެލި ފަތުރައިދޭ މަންސައެކެވެ. އަޅުގަނޑުމެންގެ މަޤުޞަދަކީ، ދުނިޔޭގެ އެންމެ ފުރިހަމަ ސިކުނޑިތައް އެއްތަންކޮށް، އެ ސިކުނޑިތަކުގައިވާ އަގުނުކުރެވޭ ފަދަ މަޢުލޫމާތު މި ކޮންފަރެންސްގެ އެހީގައި ފޯރުކޮށްދިނުމެވެ.

މި އަހަރުގެ އަހަރީ ކޮންފަރެންސްގައި ތިޔަ ބޭފުޅުންގެ އެއްބާރުލެއްވުމާއި ބައިވެރިވެވަޑައިގަތުމަށް އަޅުގަނޑުމެން އުންމީދުކުރަމެވެ. ތިޔަ ބޭފުޅުންގެ ރަހުމަތްތެރިންނާ، އެކުގައި މަސައްކަތްކުރައްވާ ބޭފުޅުންނާ، ދަރިވަރުންނާ، މި މަޢުލޫމާތު ޙިއްޞާކުރައްވައި “ތެވެލި 2018″ގައި ބައިވެރިވަޑައިގެން، ދިރާސާ ކަރުދާސް ހުށަހެޅުއްވަމަށް ހިތްވަރުދެއްވުމަކީ މި ފުރުސަތުގައި އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ ކަމެކެވެ.

ކޮންފަރެންސްގެ މައިގަނޑު ތީމުތައް

ތަޢުލީމު، ވަޒީފާ އަދި ފުދުންތެރިވުން

މެޑިސިން، ނާރސިންގް، ޞިއްޙަތު އަދި ނިއުޓްރިޝަން

ސޯޝަލް އަދި ބިހޭވިއަރަލް ސައިންސް އަދި ސައިކޮލޮޖީ

ސިޔާސީ ޢިލްމު އަދި ސިޔާސަތު

ޝަރީޢާ، ލޯ އަދި އިސްލާމިކް ސްޓަޑީޒް

ވިޔަފާރި، ހިންގުން، މާލިއްޔަތު އަދި ގަވަނަންސް

ފަތުރުވެރިކަމާއި މެހެމާންދާރީ

އާކިޓެކްޗަރ އަދި ބިލްޓް އެންވަޔަރަމެންޓް

ސައެންސް އަދި ތިމާވެށި

އިންޖިނިޔަރިންގް،ކޮމްޕިޔުޓަރ ސައިންސް އަދި ޓެކްނޮލޮޖީ

ތާރީޚް، ބަސް، ފަންނުވެރިކަމާއި ސަގާފަތް

މީޑިޔާ އަދި މުއާޞަލާތު

އެހެނިހެން

މުހިންމު ތާރީޚު

 

އެބްސްޓްރެކްޓް ހުށަހަޅުން: 15 ޖޫން

އެބްސްޓްރެކްޓް ފާސްކުރުމާއި ހޮވުން: 15 ޖުލައި

ރަޖިސްޓްރީކުރުން: 30 ޖުލައި

ކޮންފަރެންސް ފެށުން: 12- 13 އޮގަސްޓް

ބޭނުންކުރާނެ ބަސް: ޚުލާޞާ އިނގިރޭސިން ނުވަތަ ދިވެހިން ނުވަތަ ޢަރަބިން ހުށަހެޅިދާނެއެވެ.

އެބްސްޓްރެކްޓް (ޚުލާޞާ) ހުށަހަޅަންވީ ގޮތް: ތިރީގައވާ ސައިޓް ބައްލަވާ

ދިރާސާ ކަރުދާސް ހުށަހަޅަންވީ ގޮތް: ތިރީގައވާ ސައިޓް ބައްލަވާ

ޚުލާޞާއާއި ދިރާސާ ކަރުދާސް ޝާއިޢުކުރުން: ކޮންފަރެންސަށް ބަލައިގަންނަ ޚުލާޞާތައް ކޮންފަރެންސްގެ ލިޔުމުގެ ގޮތުގައި ޝާއިޢުކުރެވޭނެއެވެ. ކޮންފަރެންސްގައި ހުށަހަޅާނީ މުޅި ކަރުދާހަށް ހަދާފައިވާ ޕްރެޒެންޓޭޝަނެކެވެ. (ހުށަހެޅުމެކެވެ.) މި ކޮންފަރެންސްގައި ހުށަހަޅާ ހުރިހާ ކަރުދާހެއް ރިވިއުކުރުމަށް ފަހު މޯލްޑިވްސް ނެޝަނަލް ޖަރނަލް އޮފް ރިސަރޗް ގައި ޝާއިޢުކުރުމުގެ ފުރަޞަތު ވަނީ ހުޅުވިފައެވެ. ވީމާ، ޝާއިޢުކުރަން ބޭނުފުޅު ނަމަ، ހުށަހަޅުއްވާ އިރު، އެކަން ބަޔާންކުރެއްވުން އެދެމެވެ.

ރެޖިސްޓްރީކުރުމުގެ ފީ

އާންމު ރަޖިސްޓްރީކުރުން: -/500ރ

ޚާއްޝަ ކެތަގަރީ

އެމް.އެން.ޔޫ ސްޓާފުން: 300/-ރ

ދަރިވަރުން: -/200ރ

  

ރަޖިސްޓްރީކުރުމުގެ ފީ ގައި ހިމެނޭ ބައިތައް

ފެށުމުގެ  ރަސްމިއްޔާތު ގެ ދަޢުވަތު

ހުރިހައި ހުށަހެޅުން ތަކެއް ގައި ބައިވެރި ވުމުގެ ދަޢުވަތު

ކޮންފަރެންސް މެޓީރިއަލް

ކޮންފަރެންސް ޕޮރޮގުރާމް އަދި އެބްސްޓްރެކްޓް ފޮތް

މެންދުރުގެ ފަރިއްކޮޅު އަދި ސައި ފޮދު